ޕޮޓޯ: މަޖިލިސް ގެލެރީ

ދަރަނި ނުރައްކަލަކަށް ވަނީ ދައްކަން ޖެހޭ ވަގުތު ދައުލަތުގެ އާމްދަނީ ނެތުމުން: ނަޝީދު

ދަރަނި ނުރައްކަލަކަށް ވަނީ ދައްކަން ޖެހޭ ވަގުތު ދައުލަތުގެ އާމްދަނީ ނެތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، 2012 އާއި 2018 އާއި ދޭތެރޭގަ ނެގުނު ލޯނަށް ވުރެ 2018 އާއި 2021 އާއި ދޭތެރޭ ނެގުނު ލޯނު ތަންކޮޅެއް ގިނަހެން ހީވާ ކަމަށް ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަޅުގަނޑު ބޮޑަށް އަމާޒު މި ހިފަނީ ނެގުނު ލޯނުގެ އަދަދަކަށް ނޫން ކަމަށާއި އަނބުރާ ދައްކަން ޖެހޭ އަދަދަށް ކަމަށެވެ. މިއަދުވެސް އަދި އިއްޔެ ވެސް އަޅުގަނޑުމެން ލޯނު ނަގަމުން ގެންދިޔައީ ކަމަށާއި ނަމަވެސް އެ ދަރަނި ނުރައްކަލަކަށް ވެގެން ދަނީ، އަނބުރާ ދައްކަން ޖެހޭ ވަގުތު ދައުލަތުގެ އާމްދަނީ އެ އަނބުރާ ދައްކަން ޖެހޭ އަދަދާ މިންވަރަށް ނެތުނީމަ ކަމަށެވެ.

"2012 އާއި2018 އާއި ނެގުނު ލޯންތައް އަނބުރާ މިވަގުތު ދައްކަން ޖެހުނުއިރު ދައުލަތުގެ އާމްދަނީ އެގޮތައް ނެތުނީމަ އަޅުގަނޑު އެވާހަކަ މި ދަންނަވަނީ. އެއްވެސް ހާލެއްގައި ރައީސް ޔާމީން ނެންގެވި ލޯންގެ ވާހަކައާއި އަދި ރައީސް އިބްރާމްހިމް މުހައްމަދު ޞާލިޙު ނެންގެވި ލޯންގެ ވާހަކައާއި އަދި ކުރީގެ ސަރުކާރުގައި އަޅުގަނޑު ރައީސް ކަމުގައި އިން އިރުގައި ނެގުނު ލޯންގެ ވާހަކައާއި އަދި 79 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ނެންގެވި ލޯނުގެ ވާހަކައެއް ނޫން މި ދަންނަވަނީ." ރައީސް ނަޝިދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ބާވަތުގެ ވާހަކަ ތަކަކަށްވުރެ އަޅުގަނޑު މި ދަންނަވާ ވާހަކަ އަކީ މި އަންނަ އަހަރުގައި އަޅުގަނޑުމެން ލޯނުގެ ފައިސާ އަނބުރާ ދައްކަން ޖެހޭ ކަމަށާއި ދައްކާއިރު އެންމެން ތިބެން ޖެހޭނީ ތައްޔާރުވެގެން ކަމަށެވެ. އަދި  ޖީބުގައި ފައިސާކޮޅެއް ބަހައްތައިގެން ނެތިއްޔާ އެ ލާރި ދައްކަން ޖެހޭ ގަޑީގައި އަޅުގަޑުމެން އޮންނާނީ ހާސްކަމެއްގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ، ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށާއި 2012 އިން ފެށިގެން 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މިޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ސަރުކާރަށް ކަމަށް ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ