އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލް: އިމްތިޔާޒު ފަހުމީ

އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލް ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްތިޔާޒު ފަހުމީ ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ނުވަތަ ދައުލަތައް ހޯދަންޖެހޭ ފައިސާ ނުހޯދިގެން މިއުޅެނީ އާ ކުއް ކުށަކަށް ނުހެދިގެން ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުތައް ފުރިހަމަ ގޮތުގަ ނުހިންގިގެން މިއުޅެނީ ގާނޫނު ނެތިގެނެއް ނޫން ކަމަށެވެ.

" އެބޭފުޅުން ތަހުގީގުތައް ހިންގަވާ ފެނަވަރަށް ބަލާލީމަވެސް އިނގޭ އެބޭފުޅުން ބެނުންވާ ކަންކަމުގައި ގާނޫނުތައް އެއްފަރާތް ކޮށްފަ ހަމަޔާ އިންސާފު އޮތް ގޮތް ހަމަ އެއްފަރާތް ކޮށްފަ މީސް މީހުންގެ ނަން ކިލަނބު ކޮށްލުމަށްޓަކާ، ހަރާބު ކޮށްލުމަށްޓަކާ، ބޮލުގައި ދޮގު އިލްޒާމްތައް އެޅުވުމުގެ ބޭނުމުގައި ތަހުގީގު އެބަ ހިންގާ." އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ.

އިމްތިޔާޒު ފަހުމީ އިތުރަށް ވިދާޅުވީ، މާލޭގަޔާއި ރާއްޖޭގައި ވައްކަމާއި ހިޔާނާތް އެންމެންނަށް ސަތޭކަ ޕަސެންޓް ގަބޫލުކުރެވޭ ދަރަޖައަށް ބޮޑެތި ހިޔާނާތް އެޅިފަ ހުރި މީހުން ތިބިކަން ފާހަގަ ކުރެވޭ ކަމަށާއި ހަމަ ކިރިޔާ ކުޑަ ތަހުގީގެއް ހިންގާލިޔަސް ސާބިތުވާ މިންވަރުގެ ތަހުގީގުތައް ހިންގޭނެކަން އަޅުގަނޑަށް އިނގޭ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން ނާގާބިލް ކަމަށާއި މި ވާހަކަ މި ދަންނަވަނީ ހިތާމަޔާއެކު ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ