އިބްރާޙިމް ރަޝޯދު (ބޮންޑޭ) މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މަޖިލިސް

ރާއްޖޭގެ ކަނޑު ގޮނޑަކަށްވާތީ ބޮންޑޭ ކަންބޮޑުވުން ފާޅުކޮށްފި

ދިވެހިރާއްޖޭގެ ކަނޑު ގޮނޑަކަށްވާތީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޮންޑޭ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހަމައެކަނި ގޮންޑުން ފައިދާގެ ގޮތުގައި 100 މިލިއަން ރުފިޔާ އެބަ ނަގާ ކަމަށާއި ތިލަފުށީ ގޮނޑަށް ކުނި އުކަން އަންނަ ކޮންމެ ދޯންޔަކުން ގީއެސްޓީ ނަގާ ކަމަށެވެ.

ރާއްޖޭގެ އެކި ރަށްރަށުުގައި ކުނި ނައްތާލާނެ ނިޒާމެއް ނެތް ކަމަށާއި ހުރިހާ އޮޑި ފަހަރެއް އަންނަނީ ތިލަފުއްޓަށް ކަމަށާއި ގިނަ ކުނި އަޅަނީ ކަނޑަށް ކަމަށް ވިދާޅުވިއެވެ.

" މުޅި ކަނޑު އެއްކޮށް ތަގައްޔަރު ވެއްޖެ. މުޅި ކަނޑުުގަ ވެލާ ކަހަނބުގެ ބަނޑު ފަޅާލީމަ މި ހުންނަނީ ގޮނޑެއް ހެން. ކަނޑު އަޑި ގޮނޑެއްހެން ވެފަ އޮތްތަން ފެންނަން ޖެހޭނެ. ނިމިދިޔަ ސަރުކާރުގެ ސިޔާސަތެއް ދިވެހި ރާއްޖެ ގޮނޑު ކުރުމަކީ." ބޮންޑޭ ވިދާޅުވިއެވެ.

ބޮނޑޭ އިތުރަށް ވިދާޅުވީ، ކުނިއުކަން އަންނަ ދޯނި ފަހަރުން ނަގާ ގީއެސްޓި ކަނޑާލަން ހުށައަޅާ ކަމަށާއި ކުންޔަކީ ނައްތާލަން ޖެހޭ އެއްޗެއް ކަމަށެވެ.

"ކުނިން ޓެކްސް ނަގަނީ. ކުނިން ފައިސާ ނަގަނީ. 100 މިލިއަން ރުފިޔާ އެބަ ލިބޭ ކުނި އުކައިގެން. އެންމެ ފައިސާ ބޮޑު ވިޔަފާރިއަކީ ގޮނޑު އުކުން. ގޮނޑު ނައްތާލަން ޖެހޭ. އެއީ ހުރި ތަނެއްގަ ނައްތާލަން ޖެހޭ އެއްޗެއް. ގޮނޑު މުޅި ރާއްޖެއަށް ބަހައިފިއްޔާ 190 ރަށަސް އެތަނަކުން ނައްތާލާ ގޮތައް ހަދައިފިއްޔާ 5 ފޫޓަށް ވެސް ނާރާނެ. އަޅުގަނޑުމެންގެ މައިންޑެއްނު މިއުޅެނީ ޕޮލިއުޓް ވެގެން. ބުއްދިއެއްނު ޖެހޭނީ ފުރަތަމަ އިސްކުރަން މިކަމުގަ." ބޮންޑޭ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް ކުނި އަޅާ މައްސަލަ އަށް ކންބިޑުވުން ފާޅުކުރަމުން ބޮންޑޭ ވިދާޅުވީ ކޮންމެ ތަނެއްގަ ނޫނީ ރިސޯޓުތަކުގައި ދަޅު ފިއްތާ މެޝިނެއް ހުންނަން ޖެހޭ ކަމަށާއި ބައެއް ރިސޯތުތަކުން ކުނި އުކަން ނާންނަ ކަމަށެވެ. ވެމްކޯގެ ހުރިހާ ތަފާސް ހިސާބުތަކުން ބަލާއިރު ތިލަފުއްޓަށް ކުނި އުކަން ދަނީ 60 ފަސެންޓް ރިސޯޓު ތަކުން ކަމަށާއި އަނެއް 40 ފަސެންޓް ރިސޯތުތަކުން ކުނި އުކަނީ ކަނޑަށް ކަމަށް ވިދާޅުވިއެވެ.

"ވެލާ ކަހަނބު ބަނޑުތެރޭގައި މި އޮންނަނީ ޑަސްޓްބިން. ދުނިޔޭގެ ޕެސިފިކް ކަނޑުގައި300 ކިލޯ މީޓަރުގެ ކުނި އުފެދިފައި. ޖައްވު އެކަންޔެއް ނޫން ފެންނަން ޖެހޭނީ. މުޅި ރާއްޖެ ގޮނޑު ވެއްޖެ. މުޅި މާލޭ ފަޅުތައް ތަގައްޔަރު ވެއްޖެ. ކުދިން ހޮޑުލަނީ. ބޭރަށް ހިންގަނީ. ފަތާ ފެންގަނޑަކަށް ކުއްޖަކު ލައިފިއްޔާ ދެން އެކުއްޖާ ބަލިވެގެން އުޅެން ޖެހޭނީ." ބޮންޑޭ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ