ހަނގުރާމަކުރުމަށްފަހު ސީރިއާއިން ރާއްޖެއައި ދިވެއްސެއް ޙައްޔަރުކޮށްފި

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމާގައި ބައިވެރިވުމަށްފަހު ރާއްޖެއައި ދިވެއްސެއް ޙައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ވިދާޅުވީ ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެއައި އުމުރުން 34 އަހަރުގެ ދިވެހި ފިރެހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިމައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކުރައިމް ޑިޕާޓްމެންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެކުރިންވެސް ބޭރުގައުމުތަކުގައި ހަނގުރާމަކުރުމަށްފަހު ރާއްޖެއައި ބަޔެއް ފަރާތްތައް ދިވެހި ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ބޭރުގައުމެއްގައި ހިނގާ ހަނގުރާމައެއްގައި ބައިވެރި ވުމަކީ ދިވެހި ގާނޫނު އަސާސީ ބުނާގޮތުން މަނާކަމެކެވެ.

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ ގިނަ ދިވެހިންވަނީ އެ ހަނގުރާމައިގައި މަރުވެފައެވެ. އަދި މި ހަނގުރާމައިގައި ބައިވެރިވުމަށް އަނބިދަރިންނާއެކުވެސް ބަޔެއް ފަރާތްތަކުންވަނީ ސީރިއާއަށް ދަތުރު ކޮށްފައެވެ.

ސަރުކާރުގެ ރަސްމީ އިދާރާތަކަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ބުނެފައިވާ ގޮތުގައި ހަނގުރާމަ އަށް ރާއްޖެއިން ދިޔައީ 61 ފިރިހެނުންނާއި އެ މީހުންގެ އަނބިންނާއި ދަރިންނެވެ. ސައްހަ އަދަދެއް ނޭނގެ އެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ