ފާއިތުވި ސެޕްޓެންބަރު މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެ ކުރި ޤައުމަކީ ޗައިނާ ކަމުގައި ކަސްޓަމްސް އިން ހާމަ ކުރައްވައިފިއެވެެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ސެޕްޓެންބަރު މަހުގެ ތަފާސް ހިސާބު ތަކަށް ބަލާލާއިރު، ދިވެހި ރާއްޖެއަށް އެންމެ ގިނަ އިން މުދާ އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ރާއްޖެއަށް އެތެރެ ކުރި މުދަލުގެ 18 އިންސައްތަ މުދާ އެތެރެކޮށްފައިވަނީ ޗައިނާ އިންނެވެ.
ފާއިތުވި ސެޕްޓެންބަރު މަހު ދިވެހިރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އިންޑިއާއިނެނެވެ. އެގޮތުން އިންޑިއާއިން 14 އިންސައް މުދާ އެތެރެކޮށްފައިވާއިރު، ސިންގަޕޫރުން ވަނީ 11 އިންސައްތައިގެ މުދާ އެތެރެކޮށްފައެވެ.
ދެން ރާއްޖެއަށް މުދާ އެންމެ ގިނައިން އެތެރެކޮށްފައިވަނީ އޮނާމްއާއި ޔޫއޭއީ އިންނެވެ. އެ ޤައުމުތަކުން ވަނީ 9 އިންސައްތައިގެ މުދާ އެތެރެކޮށްފައެވެ.
ފާއިތުވި މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސި ވިލާތަށެވެ. ރާއްޖެއިން ބޭރު ކުރި މުދަލުގެ 21 އިންސައްކަތް އިނގިރޭސި ވިލާތަށް ބޭރުކޮށްފައިވާއިރު، ޖަރުމަނު ވިލާތަށް ވަނީ 19 އިންސައްކަތް މުދާ ބޭރުކޮށްފައެވެ.
ދެން ރާއްޖެއިން އެންމެ ގިނަިއން މުދާ ބޭރުކޮށްފައި ވަނީ ފަރަންސޭސި ވިލާތަށާއި، އިޓަލީ އަދި ސްރީލަންކާއަށެވެ.
ފާއިތުވި ސެޕްޓެންބަރު ކަސްޓަމްސްއަށް ލިބުނު އާމްދަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 59 އިންސައްތަ ދަށަށް ގޮސްފައެވެ.




