ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފި

ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ވިދާޅުވި ގޮތުގައި ބޭރުކުރަން އުޅުނު މިމިޔަރު އުރަހަ ތަކުގެ ބަރުދަނުގައި 429 ކިލޯ ހުންނާނެއެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގެން މިމިޔަރު އުރަހަތައް ހުރީ ޖުމްލަ 21 ފޮއްޓެއްގައި ބަންދުކޮށްފައިކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވިއެވެ.

އަދި މިތަކެތި ބަންދުކޮށްފައި ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައެވެ.

އިތުރު ތަފްޞީލެއް ދެއްވާފައިނުވާއިރު، ކަސްޓަމްސްއިން ވިދާޅުވީ، މިމައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ދާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ