މިއަދު ކުޅުދުއްފުށިން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ: އެޗްއީއޯސީ

މިއަދު ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހާމަކޮށްފިއެވެ.

އެޗްއީއޯސީގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ހުކުރު ދުވަހު ކުޅުދުއްފުށިން ނެގި ސާމްޕަލްތަކުން ހަތަރު ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އެއީ ކުރީ ދުވަހު ޕޮޒިޓިވްވީ ފުލުހުންގެ ކޮންޓެކްޓުން ކަމަށެވެ.

"ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން 4 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 75 އަހަރުގެ މީހަކާއި، 35 އަހަރުގެ މީހެއްގެ އިތުރުން އުމުރުން 9 އަހަރާއި 10 އަހަރުގެ ދެކުޑަކުދިން" އެޗްއީއޯސީން ވިދާޅުވިއެވެ.

އެޗްއީއޯސީން ވިދާޅުވީ މިރޭ ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކަމަށެވެ.

ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށްއަށް ގެނެސްފައިވާކަން އަންގައި މިރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ނެރުނު އެންގުމުގައި ބުނެފައިވަނީ، މިރޭ 10:35 އިން ފެށިގެން ކުޅުދުއްފުށި މޮނިޓަރިންގ ހާލަތަށް ގެނެސްފައިވާ ކަމަށާއި، މިވަގުތު ކުޅުދުއްފުށީގައި ތިބި އެއްވެސް މީހަކު ރަށުން ފުރައިގެން ދިޔުމާއި އަދި އެޗްޕީއޭގެ ހުއްދަނެތި ކުޅުދުއްފުއްޓަށް އެރުން މަނާވާނެއެވެ.

އިތުރު 4 މީހުން ކުޅުދުއްފުށިން ޕޮޒިޓިވްވުމާއެކު "ބޮޑުތިލަދުންމަތީ ޕޮލިސް ކްލަސްޓަރ" އިން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 17 އަށް އަރާފައެވެ.

މާލެއިން ތިލަދުންމައްޗަށް ދަތުރުކުރި ފުލުހުންތަކާ ކޮންޓެކްޓްވެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.

އޭގެ ފަހުން ހަމަ އެ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ އިތުރު ދެ ފުލުހަކުވެސް ޕޮޒިޓިވްވިއެވެ. އަދި ށ. ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ކޭޓަރިންގެ ހިދުމަތް ދޭ ކާނިވަލް ކޮމްޕެނީގެ ތިން ބިދޭސީން ޕޮޒިޓިވްވެފައިވާއިރު، އިތުރު ދެ ފުލުހަކުވެސް އިއްޔެ ވަނީ ޕޮޒިޓިވްވެފައެވެ.

 

މިލިޔުން ކިޔާލުމުން
12131
ގުޅުންހުރި ލިޔުންތައް

2 Responses

  1. KFC meehaa

    Sarukaaruge heyoedhumasi eku police beyfulhun kohdhevvi bura masakkathuge ..natheejaa v foni mee v raavaigen KFC gevrayyithunbah sarukaarun dhin aniyaa eh.

  2. Sangube

    HPA in KFC monitoring a lani meehun moyahadhaa usoolun …thigotha thirasha dhimaavumuga enmme bodu zinmma e mifaharu nagan jeheyni HPA and Maldives police service ….rayyithunna quranteen vaan jeheyne kiyaafa police mirashuga operation eke kiyaafa ulhuni ulheyne gothaka

    12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ