ޅ. ކުރެންދޫ--- ފޮޓޯ: ބުކިން ޑޮޓް ކޮމް

ކުރެންދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ

ޅ. ކުރެންދޫ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ކުރެންދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ، އޮކްޓޯބަރު 13 ވަނަ ދުވަހު މާލޭން ކުރަންދޫން އަށް ހޯމް ކަރަންޓީނަށް އައިސްފައިވާ މީހެއްކަމަށެވެ. އަދި އޭނާ މާލެގައި ހުރި ގޭގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން، އޭނާއަކީ، ޑައިރެކްޓް ކޮންޓެކްޓެއްކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދިނެވެ.

ސިއްހީ މަރުކަޒުން އިތުރަށް ވިދާޅުވީ، އެ މީހާ ކޮވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ، އެ މީހާގެ ހަށިގަނޑުން ބަލީގެ އަލާމަތްތައް ފެނިގެން ރިޕޯޓް ކުރުމުން ކުރެންދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރު ބެލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ.

އެރަށުން މީގެ ކުރިންވެސް މީހަކު ކޮވިޑް-19އަށް ފައްސިވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ