ނޭނގި ހުއްޓާ ކޮވިޑް-19 ގެ ބަލިމަޑިކަމުން ދުނިޔެ ސިއްސުވާލިއިރު، ދުނިޔޭގެ އެތައް ބަޔަކު އަދިވެސް ހުރީ އެމީހުންގެ ގައުމަށް ނުވަތަ އަމިއްލަ ގެއަށް ދިއުމަށް ނުކުޅެދި، މަގިމަތިވެފައެވެ. އަދި އިންސާނިއްޔަތަށްޓަކައި މިފަދަ މީހުންނަށް އެހީވުމުގައި އާއްމުންގެ ތެރެއިން ގިނަ ބަޔަކު މަސައްކަތްކުރަމުން އަންނަކަންވެސް ފާހަގަކޮށްލެވެއެވެ.
އެގޮތުން މުމްބާއީގައި ގައި ދިރިއުޅޭ އަންހެންނަކާއި އޭނަގެ ފިރިހެން ދަރިފުޅު ހިންގާ ކާމިޔާބު ކާބޯތަކެތި ޑެލިވެރީ ކޮށްދޭ ވިޔަފާރީއަކުން މިވަނީ، ކޮވިޑްގެ ޕެންޑެމިކާއި ގުޅިގެން މުމްބާއީގެ މަގުތަކުގައި ހާލުގައިޖެހިފައިވާ މީހުންނަށް އެހީވެދޭންފަށައިފައެވެ.
ތަށި ބަރީގައި ކާއެއްޗެހި ޑެލިވެރީ ކޮށްދޭ ހިދުމަތުން ވިޔަފާރި ފެށި މި ދެމައިން މިހާރު އަންނަނީ، އަމިއްލަ ބިމަށް ނުދެވި މުމްބާއި ސިޓީގައި މަގުމަތިވެފައިވާ އެތައް ބަޔަކަށް ރެޔާއި ދުވާލު އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

1999 ގައި މި ދެމައިން ފެށި މި ވިޔަފާރިއަކީ، މިހާރު މުމްބާއިގާއި ގޭގެއަށް ކާނާ ޑެލިވެރަ ކޮށްދޭ ވަރަށް މަޝްހޫރު ވިޔަފާރިއެކެވެ. އެގޮތުން އިންޑިއާގެ މި މީހުން އަންނަނީ، އިންޑިއާގެ ކާނާ ޑެލިވަރކޮށްދޭ އެޕްލިކޭޝަންސް ކަމަށްވާ "ޒޮމާޓޯ" އަދި "ސްވިގީ" އެޕް މެދުވެރިކޮށް ޑެލިވެރީގެ ޙިދުމަތް ދެމުންނެވެ.
ޙިދުމަތް ދެމުން އަންނަތާ 21 އަހަރުވެފައިވާ މި ވިޔަފާރި މި ދެމައިން ފެށީ، މެންޑެވިއާގެ ފިރިމީހާ އަދި އޭނަގެ ދަރިފުޅު ހާޝްގެ ބައްޕަގެ ކުއްލި މަރާއެކުއެވެ. އެގޮތުން މި ވިޔަފާރި މިދެމައިން ފެށި މަޤުސަދަކީ ދިރިހިރުމުގެ ބޭނުމުގައެވެ.

މެންޑެވިއާ ހާމަކުރިގޮތުގައި، ކޮވިޑް-19ގެ ޕެންޑެމިކާއި ގުޅިގެން ކާތަކެތި ޑެލިވެރީ ކޮށްދިނުމަށް ވަރަށް ގިނަ ރިކުއެސްޓް އެމީހުންނަށް ލިބުނެވެ. އަދި ލޮކްޑައުންގެ ހާލަތަށް ލުއިދިނުމާއެކު، ކައިރި ގެތަކަށާއި ހޮސްޕިޓާތަކަށް އެމީހުން ކާބޯތަކެތި ޑެލިވާ ކޮށްދިންއިރު، މަގުމަތިވެފައިވާ ގިނަ އަދަދެއްގެ މީހުންނަށްވެސް އެމީހުން އަންނަނީ ކާތަކެތި ހިލޭ ފޯރުކޮށްދެމުންނެވެ.




