ކޮވިޑް-19: ބަލިން ރަނގަޅު މީހުންގެ އަދަދު 30 މިލިއަނަށް!

މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޕޮޒިޓިވްވެ، ފަރުވާލިބުމަށްފަހު ބަލިން ރަނގަޅުވި މީހުންގެ އަދަދު 30 މިލިއަނުން މައްޗަށް އަރައިފިއެވެ.

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލައިލާއިރު މުޅިދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ40,366,915 އަރާފައެވެ. އަދި މީގެތެރެއިން

1,119,471 މަރުވެފައިވާއިރު، 30,156,058 މީހުންވަނީ މިހާރު މިވައިރަހުން ރަނގަޅުވެފައި އެވެ.

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 8,388,013 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 224,732 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމުތަކުގެ ތެރޭގައި، މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި އެމެރިކާ އާއި ބްރެޒިލްގެ އިތުރުން ރަޝިޔާ އާއި އަވައްޓެރި އިންޑިއާ އަދި މެކްސިކޯ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ