ގދ. ތިނަދޫގައި ޤާއިމްކުރި ކޮވިޑް-19 އަށް ފަރުވާދޭ ފެސިލިޓީގެ މަސައްކަތް ނިންމާ ޕްލޭނިން މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.
އެމްޓީސީސީއާއި ހަވާލުކޮށްގެން ގދ.ތިނަދޫގައި އިމާރާތްކުރި އިމަރޖެންސީ ކޯވިޑް-19 ފެސިލިޓީގެ މަސައްކަތް އެކުންފުނިން ނިންމާފައިވަނީ އެންމެ 20 ދުވަހުގެ ތެރޭގައެވެ. 22 އެނދުގެ ޖާގައިގެ މި މެޑިކަލް ފެސިލިޓީގައި ކަރަންޓީން ފެސިލިޓީއާއި، ބަލިމީހުންނަށް އެންޑްމިޓްކޮށްގެން ޚިދުމަތްދެވޭނެ ގޮތާއި އައިސީޔޫގެ ޚިދުމަތްވެސް ވަނީ ޤާއިމުކޮށްފައެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ވަނީ ފެސިލިޓީތައް ގާއިމްކޮށްފައެވެ.
އެގޮތުން ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ސަރުކާރުން ވަނީ ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމުކޮށްފައެވެ. އެއީ، ށ. ފުނަދޫ ކޯވިޑް ފެސިލިޓީއާއި، ބ. އޭދަފުށީ މެޑިކަލް ފެސިލިޓީއާއި، ލ. ގަން މެޑިކަލް ފެސިލިޓީއާއި، ގއ. ވިލިނގިލީ މެޑިކަލް ފެސިލިޓީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީއެވެ. މީގެ އިތުރުން ޓްރާންސިޓް މެޑިކަލް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ހއ. އިހަވަންދޫއާއި ފުވައްމުލަކު ސިޓީގައިވެސް ވަނީ މެޑިކަލް ފެސިލިޓީއެއް ޤާއިމުކޮށްފައެވެ.
ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ޤާއިމްކޮށްފައިވަނީ މިވަނީ އެރަަށުން ކޮވިޑް-19 އަށް ފައްސިވި އުމުރުން ދުވަސްވީ މީހަކު ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންދިއުމުން އެ ރަށަަށް ނާރުވާ އަނބުރާ ތިނަދޫއަށް ފޮނުވާލާފައި ވަނިކޮށްކަންވެސް ފާހަގަކޮށްލެވެއެވެ.