ޕެރިހުގައި މުސްލިމް ދެ އަންހެނުންގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި

ފުރާންސުގެ ޕެރިހުގައި މުސްލިމް ދެ އަންހެނުން ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ ޕެރިހުގައި ހުއްނަ ފަތުރުވެރިންގެ ބޮޑު މައްޝޫރުކަމެއް ހޯދައިފައިވާ އައިފިލް ޓަވަރުގެ ކައިރީ ހުއްނަ ޕާކެއްގެ ކައިރީގައެވެ.

މި ހަމަލާގައި ޒަހަމްވެފައިވަނީ އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކާއި އަދި އުމުރުން 40 އަހަރުގެ އަންހެނެކެވެ. ފުރާންސުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މިއީ ނަސްލީ ތަފާތު ކުރުމުގެ ހަމަލާއެއް ކަމަށެވެ.

މުސްލިމް ދެ އަންހެނުންނަށް ހަމަލާ ދިންކަމަށް ތުހުމަތުކުރެވެނީވެސް ދެ އަންހެނުންނަށެވެ. އަދި ހަމަލާދިންއިރު މިމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެސް ތުހުމަތު ކުރެވެއެވެ. މި ދެމީހުންގެ މައްޗަށް މި ހަމަލާދިނުމާއި ގުޅިގެން މިހާރުވަނީ ދައުވާ ކުރުމަށް ފޮނުވައިފައެވެ.

މުސްލިމު ދެ އަންހެނުންނަށް އަމާޒުކޮށް ޕެރިހުގައި ހަމަލާ ދީފައި މިވަނީ، މިދިޔަ ހަފްތާ ތެރޭގައި ރަސޫލާ މުހައްމަދު (ސ) ކާޓޫން ކްލާސްތެރޭގައި ދެއްކި ޓީޗަރަކަށް ވަޅިން ހަމަދީ މަރާލުމާއި ގުޅިގެން ނަސްލީ ތަފާތު ކުރުމުގެ އޮއިވަރެއް ފުރާންސުގައި ހިނގަމުންދާ ދަނޑިވަޅެއްގައެވެ.

ވަޅީގެ ހަމަލާ އަމާޒުވި އަންހެނުންނާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ، އެމީހުންނަށް ވަޅިން ހަމަލާދިން ދެ އަންހެނުން ހަމަލާ ދިނުމުގެ ކުރިން އެމީހުންނާއި ދިމާލަށް "ތިއީ މުޑުދާރު އަރަބިން" ކަމަށް ބުނެފައިވާ ކަމަށެވެ.

ހަމަލާ އަމާޒުވި 19 އަހަރުގެ ކުއްޖާގެ ގައިގެ ތިން ތަނަކަށް ވަޅި ހަރައިފައިވާއިރު އުމުރުން 40 އަހަރުގެ އަންހެންމީހާގެ ހަތަނަކަށް ވަޅި ހަރައިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި ދެމީހުންނަށްވެސްވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ