ވެރިރަށް މާލޭގެ ބޮޑުސަރަހައްދަކުން މިއަދު ކަރަންޓް ކެނޑިފައިވާއިރު، ޑިސްޓްރިބިއުަޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓުދެވިފައިވާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
މާލެއިން ކަރަންޓް ގޮސްފައިވަނީ މިއަދު ހެނދުނު 08:00 ހާއިރެވެ.
ދިމާާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް މާލޭގެ %80 އަށް ކަރަންޓު ދެވިފައިވަނިކޮށް ޑިސްޓިރިބިއުޝަން ނެޓްވޯކަށް މައްސަލައެއްދިމާވެ، އަނެއްކާވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ނަމަވެސް، އެ މައްސަލަ ހައްލުކޮަށް ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ސްޓެލްކޯއިން ގެންދިޔައެވެ. އަދި މި މައްސަލަ އެއްކޮށް ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދެވިފައިވަނީ 01:00 ޖަހާކަށް ހާއިރުއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ދިމާވި މައްސަލަތައް ހައްލުކޮށް މުޅި މާލެއަށް މިހާރު ވަނީ ކަރަންޓުދެވިފައި ކަމަށާއި ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.



