ޖޭއެސްސީގެ މެމްބަރުންތަކެއް. --- ފޮޓޯ: ރާއްޖެއެމްވީ

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ އިސްތިއުފާ ދެއްވައިފި

ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ އިސްތިއުފާ ދެއްވައިފިއެވެ.

މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ އިސްތިއުފާ ދެއްވާފައި މިވަނީ، އަޙްމަދު ޝުކޫރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަޙްޤީޤު ކުރަމުންދާ މައްސަލަތަކުގެ ބާވަތަށާއި، އެ މައްސަލަތަކާ ގުޅިގެން ލިބިފައިވާ ހެއްކަށް ރިޢާޔަތްކޮށް، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

އެގޮތުން އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ވަގުތީގޮތުން 60 (ފަސްދޮޅަސް) ދުވަހަށް މެޖިސްޓްރޭޓްކަމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް 25 އޮކްޓޫބަރު 2020 ވަނަ ދުވަހު 78 ވަނަ ބައްދަލުވުމުގައި ކޮމިޝަނުން ނިންމާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

ގއ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރާ ބެހޭގޮތުން ޖޭއެސްސީ އަށް  ހުށަހެޅިފައިވާ ސުލޫކީ މައްސަލަތައް ސާބިތުވުމާ ގުޅިގެން، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައި، 25 އޮކްޓޫބަރު 2020 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މިއަދު (27 އޮކްޓޫބަރު 2020) އިސްތިއުފާގެ ސިޓީ މިކޮމިޝަނަށް ހުށަހަޅުއްވާފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އަދިދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންވާ ގޮތުގެ މަތީން، ފަނޑިޔާރުކަމުގެ މަޤާމުން އިސްތިޢުފާ ދިނުމާ ގުޅިގެން 27 އޮކްޓޫބަރު 2020 ވަނަ ދުވަހުން ފެށިގެން އަލްއުސްތާޛު އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަނީ ވަކިވެފައި ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ