ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާޙެއް ނުކުރެވޭނެ: އަލީ ހުސައިން

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާޙެއް ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ ކޮމްޕްސިޝަން ބަދަލު ނުކޮށް ޝަރުޢީ ނިޒާމް އިސްލާޙެއް ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޖޭއެސްސީގެ ކޮމްޕްސިޝަން ބަދަލުކުރުމަށް ޤާނޫނު އަސާސީ އަށް ހުށައެޅި އިސްލާޙު މަޖިލީހަށް ބަލައިގަތުމަށް ފާހެއް ނުވި ކަމަށާއި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ނުފެންނަ ކަމަށް 50 މެންބަރުން ވޯޓު ދެއްވި ކަމަށާއި ފެންނަ ކަމަށް 13 މެންބަރުން ވޯޓު ދެއްވި ކަމަށާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 2 މެންބަރަކު ތިއްބެވިކަމަށް އަލީ ހުސައިންގެ ޓްވީޓްގައި ވަނީ ފާހަޤަ ކުރައްވާފައެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލަވާފާފައިވާ ގޮތައް ބަދަލު ގެނައުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ހުށައެޅުއްވި ބިލް މަޖިލީހުން މިއަދު ވަނީ ބޭރުކޮށްލައިފަ އެވެ.

އަލީ ހުސައިން އަކީ ރައީސް ޔާމީންގެ ވެރިކަމުގައިވެސް ޝަރުޢީ ދާއިރާ ހިންގާގޮތާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ