"ނައިޓް ކްލަބްތަކުގައި އަންހެނުން ހެދުން ބާލުވައި ނެށުވުމަކީ "އަނެއްބައިމީހުންގެ" އަމާޒު"

އަންހެނުން ހެދުންބާލުވައި ނައިޓް ކުލަބް ތަކުގައި ނެށުވުމަކީ "އަނެއްބައިމީހުންގެ" އަމާޒުކަން އެނގިލައްވާކަމަށް، ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފެވެ.

އަނެއްގްރޫޕް ބޭފުޅުންނަށް ނިސްބަތްކޮށް ޒައިދު ވިދާޅުވެފައިވަނީ، ބިރަކާއިނުލާ މަޖާކުރަން ނައިޓް ކްލަބް ތަކާއި، އެބުނާ ތަރައްގީވެފައިވާ ގައުމުތައްހެން އަންހެނުންގެ ހެދުންބާލުވައި ކްލަބް ތަކުގައި ނެއްޓުވުމަކީ ތިޔަބޭފުޅުންގެ އަމާޒުކަން އިނގޭކަމަށެވެ.

"ތަރައްގީވެފައިވާ ގައުމުތައްހެން އަންހެނުންގެ ހެދުންބާލުވައި ކްލަބް ތަކުގައި ނެއްޓުވުމަކީ ތިޔަބޭފުޅުންގެ އަމާޒުކަން އަޅުގަނޑުމެންނަށް އިނއެވެ. ނަމަވެސް ވިސްނާށެވެ! މަރުވެ އެނބުރި ދާނީ އެކަލާނގެ ހަޟްރަތަށެވެ." ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.

ޒައިދު މިހެން ވިދާޅުވެފައިވަނީ "އަނެއް ގްރޫޕް" މީހުންނަށް ނިސްބަތްކޮށް ނަމަވެސް އަނެއް ގްރޫޕް މީހުންނަކީ ސިދާ ކޮންބައެއްކަން ވިދާޅުވެފައެއް ނުވެއެވެ.

"ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާޚިލާފު ކުޅަދާނަ ފަންނާނުން އެބަތިއްބެވެ. އަދި މިއުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިއްބެވެ. އެހެންކަމުން، މިއުޒިކް ރެކޯޑިންގް ސްޓޫޑިޔޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނާން ޖެހެއެވެ. ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެބ އިންތިޒާމް އެމަރުކަޒުގައި ހަމަޖެހުން މުހިއްމެވެ." ހަސަން ލަތީފުގެ ގަރާރުގައި ބުނެފައި ވެއެވެ. މި ގަރާރު މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ތާވަލް ކޮށްފައެވެ.

ބެލެވޭގޮތުގައި "އަނެއް ގްރޫޕް ބޭފުޅުންނޭ" ވިދާޅުވެ ޒައިދު ނިސްބަތްކޮށްފައިވަނީ ދީނަށް ފުރައްސާރަކޮށް، ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައްތަކަށް ހިތްވަރުލިބޭފަދަ އެއްޗެހި ބުނެއުޅޭ އަދި ދީނަށް ފުރައްސާކުރާ މީހުންނަށް ފިޔަވަޅުނާޅައި އެކަން ސިއްރުކުރާ މީހުންނަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ