ކީރިތި ރަސޫލާގެ ޢީދު މީލާދަކީ މުޅި އިންސާނިއްޔަތަށް އޮތް އުފަލެއް ކަމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ، ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّمގެ ޢީދު މީލާދުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
"އިންސާނިއްޔަތަށް ފާޅުކުރެއްވި އެންމެ ބޮޑު ނިއުމަތަކީ ހަމަކަށަވަރުން ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم. ރަސޫލާގެ އީދު މީލާދަކީ މުޅި އިންސާނިއްޔަތަށް އޮތް އުފަލެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
Insaaniyyathah faalhu kurevvi enme bodu niu’mathakee hama kashavarunves Keerithi Rasoola Muhammed ﷺ. Rasoola ge eid milaadh akee mulhi insaaniyyathah oiy ufaleh
— Mohamed Nasheed (@MohamedNasheed) October 28, 2020
ޝައްކެއް ނެތެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައަކީ އަޅުގަނޑުމެން އެންމެހައި މުސްލިމުން އެންމެ ލޯބިވާ އިންސާނާއެވެ. އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ގިނަގިނައިން ދުޢާކުރުމަށް މާތްﷲ އަންގަވާފައިވެއެވެ.
އެކަލާނގެ ވަޙީކުރައްވާފައިވަނީ إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا (ސޫރަތުލް އަޙްޒާބު 56)
މާނައަކީ ހަމަކަށަވަރުން މާތްﷲ އާއި އެކަލާނގެ މަލާއިކަތުން މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ.
އެހެންކަމުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލޯބިކުރުމާއި އެކަލޭގެ ފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާކަމެއްކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.




