ސެލީން ޑިއޮންއާއެކު ޕްރިޔަންކާ ހޮލީވުޑްގެ ފިލްމަކުން!

ދުނިޔޭގެ މިސް ވޯލްޑްގެ ލަޤަބު ހާސިލުކުރި މަޝްހޫރު ފަންނާނު ޕްރިޔަންކާ ޗޯޕުރާއަކީ، ބޮލީވުޑްގެ ކާމިޔާބީއަށްފަހު ހޮލީވުޑްގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ތަރިއެކެވެ. އެގޮތުން ޕްރިޔަންކާގެ ގިނަ ހޮލީވުޑް މަސައްކަތްތަކެއް ކުރިއަށްހުރިއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންއާއެކު ރޮމޭންޓިކް ޑްރާމާ ފިލްމަކުން ފެނިގެންދާނެކަން އިއުލާންކޮށްފިއެވެ.

ޕްރިޔަންކާ މި ޙަބަރު މީސްމީޑީއާގައި އިއުލާންކޮށްފައިވާއިރު، ޓައިޓެނިކް ފިލްމްގެ މަޝްހޫރު ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔާފައިވާ ލަވަކިޔުންތެރިޔާ، ސެލީ ޑިއޯންގެ އިތުރުން މަޝްހޫރު އެކްޓަރު ސޭމް ހިއުގަންވެސް ފެނިގެންދާނެއެވެ. އަދި މި ފިލްމް ޑައިރެކްޓް ކުރާނީ، ޖިމް ސްޓްރައުސްއެވެ.

ޕްރިޔަންކާ އިންސްޓަގްރަމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ކުޅަދާނެ ފަންނާނުންތަކަކާއެކު ފިލްމެއްގައި މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާކަމަށެވެ.

ބޮލީވުޑްގެ ފިލްމް "ދަ ޕިންކް އިޒް ސްކައި"އިން އެންމެ ފަހުން ފެނިގެންގޮސްފައިވާ ޕްރިޔަންކާ މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ހޮލީވުޑްގެ މަޝްހޫރު ސިލްސިލާ ފިލްމް "ދަ މެޓްރިކްސް" ގެ 4 ވަނަ ބައިގެ ޝޫޓިންނެވެ.

މީގެއިތުރުންވެސް ނެޓްފިލްކްސް އިން ގެނެސްދޭ ޕްރިޔަންކާގެ ދެ ފިލްމެއްގެ މަސައްކަތްވެސް ކުރިއަށް ތާވަލްކޮށްފައި އެބައޮތެވެ. މީގެ އިތުރުން އެކްޓްރެސް މިންޑީ ކޭލިން އާއެކުވެސް ޕްރިޔަންކާ ފިލްމަކުން ފެނިގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ