ކޮވިޑް-19: މިލިއަން އާބާދީގެ ތެރެއިން އެންމެ މަދު ބަޔަކު މަރުވީ އިންޑިއާއިން!

މިހާތަނަށް ދުނިޔޭގެ 215 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މީހުން މި ވައިރަހަށް ޕޮސިޓިވްވި ޤައުމުތަކުގެ ތެރެއިން މި ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮންނަތާ އެތައް ދުވަސްތަކެއްވެފައިވީނަމަވެސް، މިލިއަން އާބާދީގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވެ އަދި ބަލީގައި މަރުވި މީހުންގެ އަދަދު އެންމެ މަދު ޤައުމަކީ އިންޑިއާއެވެ.

މިލިއަން އާބާދީގެ ތެރެއިން ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވް ގައުމުތަކުގެ ތެރެއިން އިންޑިއާއިން އެންމެ މަދު ބަޔަކު ޕޮޒިޓިވްވެފައިވާއިރު، މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ އެމެރިކާއެވެ.

އެގޮތުން މިލިއަން އާބާދީގެ ހިމެނޭ ގައުމުތަކުގެ ތެރެއިން، ކޮންމެ އެއް މިލިއަން މީހެއްގެ ތެރެއިން، އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، 5،790 މީހުންނެވެ. އަދި މީގެ ތެރެއިން ބަލީގައި މަރުވެފައިވަނީ 87 މީހުންނެވެ.

އާބާދީގެ ނިސްބަތުން ބަލާއިރު ކޮންމެ އެއް މިލިއަން މީހެއްގެ ތެރެއިން އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ، 25،824 މީހުންނެވެ. އަދި މީގެތެރެއިން ބަލީގައި މަރުވެފައިވަނީ، 739 މީހުންނެވެ.

މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 44 މިލިއަނަށް އަރައިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ އެއް މިލިއަނުން މަތީގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ