ކޮވިޑް-19: ކަނޑިންމަ ރިސޯޓުން 17 މީހަކު ޕޮޒިޓިވް

ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ވިދާޅުވީ، ކަނޑިންމަ ރިސޯޓް އިން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ވަނީ ޕޮޒިޓިވް ވެފައި ކަމަށާއި އަދި އެރިސޯޓްގައި ތިބި ޕޮޒިޓިވް މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީ އަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

އަދި ކޮންޓެކްޓް ޓްރޭސިންގް އާއި އިތުރު ސާމްޕަލް ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެރިސޯޓުގައި ދަނީ ހަރަކާތްތެރިވަމުން ކަމަށާއި އިއްޔެ ހަވީރުން ފެށިގެން ރިސޯރޓަށް މީހުން އަރާ ފޭބުން ވަނީ މަނާކުރެވިފައި ކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރއިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީ.ސީ.އާރު ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށް ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ރޭ ނިޔާވި މީހަކެވެ. މިއީ ރާއްޖޭގައި ރިސޯޓަކުން ކޮވިޑް-19 ގައި ނިޔާވި ފުރަތަމަ މީހާއެވެ.

ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ. އަދި އެމީހާގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ އެމީހާ ވަޅުލި ފަހުން އިއްޔެގެ ވަގުތެއްގައެވެ.

ސާމްޕަލްގެ ނަތީޖާ ލިބުމުގެ ކުރިން އެމީހާ ވަޅުލި ނަމަވެސް، ވަޅުލުމުގައި ހަރަކާތްތެރިވި އެންމެންވެސް ތިބީ ރައްކާތެރި ގިއަރުގައެވެެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ