ކަނޑިންމަ ރިސޯޓުން އިތުރު 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ވިދާޅުވީ، ރޭ ނެގި 33 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މި 33 ސާމްޕަލަކީ، ރިސޯތުގައި މަސައްކަތް ކުރާ 12 މުވައްޒަފުންގެ ސާމްޕަލާއި 21 ފަތުރުވެރިންގެ ސާމްޕަލް ކަމަށް އެޗްއީއޯސީ އިން ވިދާޅުވިއެވެ. އަދި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ރިސޯޓުުގައި މަސައްކަތް ކުރާ 2 މުވައްޒަފުންގެ ސާމްޕަލް ކަމަށް ވިދާޅުވިއެވެ.
އެޗްއީއޯސީ އިން އިތުރަށް ވިދާޅުވީ، އިއްޔެ އިތުރު149 ސާމްޕަލް ނަގާފައިވާ ކަމަށައި މި ސާމްޕަލް ތަކުގެ ނަތީޖާ މި ލިބޭނެ ކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު މިރޭގެ ބައްދަލުވުމުގައި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ހުކުރު ދުވަހުގެ ރޭ ނިޔާވި މީހަކެވެ. މިއީ ރާއްޖޭގައި ރިސޯޓަކުން ކޮވިޑް-19 ގައި ނިޔާވި ފުރަތަމަ މީހާއެވެ.
ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ.
އޭގެ ފަހުން ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ވަނީ ޕޮޒިޓިވެފައެވެ.




