ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

3 ޤައުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަހުނިޔާ ފޮނުއްވައިފި

3 ޤައުމެއްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޝާހިދު ތަހުނިޔާ ފޮނުއްވަނީ ޕެނަމާ، މައިކްރޯނީޝިއާ އަދި ޑޮމިނިކާއަށެވެ. މި 3 ޤައުމުގެ ޚާރިޖީ ވަޒީރުންނަށް މިނިސްޓަރ ޝާހިދު ފޮނުއްވައި ތަހުނިޔާގެ މެސެޖްގައި އެޤައުމުތަކުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި އެޤައުމުތަކުގެ ރައްޔިތުންނާ ސަރުކާރަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ޕެނަމާ އާ ސިޔާސީ ގުޅުން ޤާއިމްކުރީ 10 ޖުލައި 1989 ގައެވެ. އަދި މައިކްރޯނީޝިއާއާ ގުޅުން ޤާއިމްކޮށްފައިވަނީ 24 އޮކްޓޯބަރ 1991 ގައެވެ. ޑޮމިނިކާ އާއިއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 21 ޖުލައި 2004 ގައެވެ.

3 ޤައުމެއްގެ މިނިވަން ދުވަހުގެ ތަހުނިޔާ މިންސްޓަރ ޝަހިދު އެ ގައުމުތަކަށް ފޮނުއްވާފައިވާއިރު މިއަދަކީ ރާއްޖޭގައި ފާހަގަކުރަމުންއަންނަ 32 ވަނަ ނަސްރުގެ ދުވަހެވެ. މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބަޔަކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި އުދުވާނީ ހަމަލާއިން ނަސްރު ލިބިފައިވާދުވަހެވެ. ރާއްޖެއަށް އައި އެކަޅު އަނދިރި ބަޑި ބުރާސްފަތި ނިމިގެން ދިޔައިރު 19 ދިވެހިން ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ