މާފުށިން 2 ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މާފުށީގައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެރަށު ކައުންސިލްގެ ރައީސް އުސްމަން ރަޝީދު ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
އުސްމަން ރަޝީދު ވިދާޅުވީ، އޭނާ ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރަންވެގެން ހަދަންޖެހޭ ޓެސްޓް ހެދުމުން ކަމަށެވެ.
އެގޮތުން އެ ފަތުރުވެރިޔާގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށާއި ނަތީޖާ ލިބުނު އިރު އެ ފަތުރުވެރިޔާ ކޮވިޑް އަށް ޕޮޒިޓިވް ކަމަށް އުސްމާން ވަނީ ވިދާޅުވެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެމަފިރިން ކަމަށާއި އެ2 މީހުން ފުރުމަށް ޖަމަޖެހިފައި އޮތީ މިއަދު ކަމަށް އުސްމާން ވިދާޅުވިއެވެ. ފަތުރުވެރިޔާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށާއި މިހާރު އެ 2 ފަތުރުވެރިން ހުރީ އައިސޮލޭޝަންގައި ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ މަހު28 ގައި ވެސް މާފުށީގައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ. އެގޮތުން ޕޮޒިޓިވް ވެފައިވަނީ އިޖިޕްޓްގެ އަންހެން ފަތުރުވެރިޔެކެވެ.
މާފުށިން ޖުމްލަ އިތުރު 2ފަތުރުވެރިޔަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާއިރު ގެސްޓްހައުސްތައް ހުޅުވާ ލުމާއެކު އެރަށަށް ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ގޮސްފައެވެ.




