ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020

ކޭ.ވައި.އެސް ވިމެންސް ފުޓްސަލް ލީގް - ސަންދިޔާ އާއި އެފްސީ ރެހެންދި ވާދަކޮށް، ސަންދިޔާއިން މޮޅުވެއްޖެ

ކުމުންދޫ ޔޫތް ސްޕޯޓްސް (ކޭ.ވައި.އެސް)ގެ ފަރާތުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި "ކޭވައިއެސް ވިމެންސް ފުޓްސަލް ލީގް 2020" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅެވުނު މެޗު ސަންދިޔާ ކާމިޔާބު ކޮށްފިއެވެ.

މިއަދު ހަވީރު، ކުމުންދޫ ފުޓްސަލް އެރީނާގައި ކުރިއަށްދިޔަ މި މެޗުގައި ސަންދިޔާ އާއި އެފްސީ ރެހެންދި ބައްދަލުކުރިއިރު މި މެޗު ސަންދިޔާ އިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގެ ކްއީން އޮފް ދަ މެޗް، ސަންދިޔާގެ ޖާޒީ ނަމްބަރު 7، ރާޝިދާ މޫސާއަށް ލިބިފައިވާއިރު އެ ޓީމުގެ ހަމައެކަނި ގޯލުވެސް ކާމިޔާބު ކޮށްދިނީ ރާޝިދާއެވެ.

ކްއީން އޮފް ދަ މެޗް - ރާޝިދާ މޫސާ

މިމުބާރާތުގެ މެޗެއް މިރޭވެސް ކުޅުމަށް ހަމަޖެހިފައިވާއިރު އެމެޗުގައި ބައްދަލުކުރާނީ ޓާފް ކުއީން އަދި ސީއެސް ވިމެންސްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ