ވެރިރަށް މާލެ

މާލޭ ގެސްޓް ހައުސްއެއްގައި މީހަކު މަރުވި މައްސަލައެއް ބަލަނީ

މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ޒުވާނަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިއަދު ފަތިހު 4:30 ހާއިރު މ. ވިކްޓަރީ ގެސްޓް ހައުސްގައި އޮތް ފިރިހެނެއްގެ ހާލު ދެރަވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ އައިޖީއެމްއެޗްއަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އެކަމުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތެއް އަދި ސާފެއް ނުވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ