ބަދިގެތެރޭން: މޯލްޓަން ޗޮކްލެޓު ކޭކް

ފެށުން ބަދިގެތެރޭން މިފަހަރު މިގެނެސްދެނީ މޯލްޓަން ޗޮކްލެޓު ކޭކް ތައްޔާރުކުރާނެގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 3 1/2 މޭޒުމަތީ ސަމުސަލުގެ ބަޓަރު
  • 2 ޖޯޑު ޑާކު ޗޮކްލެޓު
  • 3/4 ޖޯޑު ހަކުރު
  • 4 ކުކުޅު ބިސް
  • 1 ސައިސަމުސާ ވެނީލާ
  • 1/4 ޖޯޑު ފުށް

ތައްޔާރުކުރާނެ ގޮތް:

(ކަޕް ކޭކް ސައިޒުގެ ނުވަތަ އެއަށްވުރެ ތަންކޮޅެއް ބޮޑު 6 ތަށި ބޭނުންވާނެއެވެ.)

180 ޑިގްރީއަށް އަވަން ހޫނުކުރާށެވެ. އަވަނުގައި ކޭކުތަށިތައް ބެހެއްޓުމަށްޓަކައި ކުރިން ބޭކިން ޕާޗްމަންޓްް ހޫނުކުރަން ލާށެވެ.

ޗޮކްލެޓު ވިރުވުމަށްފަހު ކުޑަކޮށް ހިހޫ ކުރާށެވެ. ދެން ބަޓަރާއި ހަކުރު ކްރީމަށް ވަންްދެން އެއްކުރުމަށްފަހު އޭގެ ތެރެއަށް ފަހަރަކު ބިހެއް އެއްކުރާށެވެ. އަދި ކުޑަ ލޮނުކޮޅަކާއި ވެނީލާ އެސެންސް އެއްކުރާށެވެ. ދެން ފުށް އަޅައި ބަޓަރ ކްރީމާ ފުށާ އެކުވުމުން ވިރުވާފައި ހުރި ޗޮކްލެޓު އެއްކޮށްލާށެވެ.

ފުށްގަނޑު 6 ތަށްޓަށް ބަހާލާށެވެ. އަދި އަވަނުގައި ކުރިން ބޭއްވި ބޭކިން ޝީޓުގެ މަތީގައި ތަށިތައް އަތުރައި އަވަނަށް ލާށެވެ.

ދިހަ މިނެޓު ނުވަތަ ބާރަ މިނެޓު ވަންދެން ފިހެލާށެވެ. އަވަނުން ނަގައި ވަގުތުން އެހެން ސާވް ކުރުމަށްޓަކައި ކުދި ތަށްޓަށް ނުވަތަ ތިލަ  ބޯތަށްޓަށް ހުސްކުރާށެވެ.

ޑަބަލް ކްރީމް ނުވަތަ އައިސްކްރީމާ އެކު ކާން ނަގާށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް