ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ފޮޓޯ ޝޫޓަކަށް ރާއްޖެއަށް އަތުވެއްޖެއެވެ.
މީގެ ކުރިންވެސް ކެޓްރީނާ ކައިފް ރާއްޖެ އައިސްފައިވާއިރު، ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އެނާ ވަނީ އިންސްޓަގްރަމްގައި ހިއްސާކޮށްފައެވެ.
އެގޮތުން ރާއްޖެއައިސްފައިވަނީ، ފޮޓޯ ޝޫޓަކަށްކަން ހާމަކޮށް ކެޓްރީނާ ބުނީ، ރާއްޖެއަށް އާދެވުމުން ވަރަށް ހިތްހަމަޖެހިއްޖެކަމަށެވެ.
ކެޓްރީނާ ރާއްޖެ އަންނަކަން ބޭރުގެ ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އިއްޔެ ކެޓްރީނާ ވަނީ، އޭނަގެ ގާތް ރަހުމަތްތެރިޔާ އަދި މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރް ގެ ފޮޓޯއެއް މުމްބާއިގެ އެއާޕޯޓުގައި ހުރި އިންސްޓަގްރަމް ސްޓޯރީއަށް ލައިފައެވެ.

ކޮވިޑް-19 ގެ ލޮކްޑައުންއަށްފަހު ރާއްޖޭގެ ރިސޯޓުތައް ހުޅުވާލިފަހުން ދުނިޔޭގެ މަޝްހޫރު ފަންނާނުން ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެއައިސްފައެވެ.



