ކެޓްރީނާ ރާއްޖޭގައި ނެގި ފޮޓޯ ޝޫޓްގެ މަންޒަރުތައް ވަރަށް ހިތްގައިމު!

ކޮވިޑް-19 ގެ ޕެންޑެމިކްގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން ބޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ވަނީ ރާއްޖެއަށް އައިސްފައެވެ. އޭގެ ތެރެއިން އެކަކީ މަޝްހޫރު އެކްޓްރެސް ކެޓްރީނާ ކައިފް އެވެ.

ކެޓްރީނާ ރާއްޖެ އައިސްފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅުއެވެ. އަދި ޗުއްޓީ ހޭދަކޮށްލުމުގެ އިތުރުން ކެޓްރީނާ ރާއްޖެ އައިސްފައިވަނީ މެގެޒިންއެއްގެ ފޮޓޯ ޝޫޓްގެ މަސައްކަތަކަށެވެ.

ދާދިފަހަކުން ކެޓްރީނާ މިވަނީ މި ފޮޓޯ ޝޫޓްގެ މެގެޒިން ފޮޓޯއަކާއި، އަދި ފޮޓޯ ޝޫޓްގެ މަންޒަރުތައް ހިމެނޭ ރީތި ވީޑިއޯއެއް އޭނަގެ އިންސްޓަގްރަމް އެކައުންޓުގައި ހިއްސާކޮށްފައެވެ.

މި މަންޒަރުތަކުގައި ކެޓްރީނާ އެކި ހެދުން ތަކުގައި ފެނިގެންދާއިރު، ވަރަށް ގިނަ މޭކަޕް ލުކްތައްވެސް ފެނިގެންދެއެވެ.

ކެޓްރީނާ ރާއްޖެއައިސް ޗުއްޓީ ހޭދަކޮށްފައިވަނީ ސޮނޭވާ ފުށި ރިސޯޓުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ