ކެޓްރީނާގެ އަތުގައި ބިޔަ 3 ފިލްމެއް!

ކޮވިޑް ޕެންޑެމިކް އާއި ގުޅިގެން މިދިޔަ އަހަރާއި މިއަރުވެސް ބޮލީވުޑްގެ ތިއޭޓަރ ތަކަާއި ސިނަމާތައް ދިޔައީ ވަރަށް ފަޅުކޮށެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ހެދި، ފިލްމްގެ ޕްރޮޑަކްޝަންގެ މަސައްކަތް ލަސްވެ އަދި ފިލްމްތައް ނޭޅުވުމުގެ ސަބަބުން އެކްޓަރުންގެ ގިނަ ފިލްމަތަކެއް ފުނި ޖެހިފައި އެބައޮތެވެ.

އެގޮތުން ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް، ކެޓްރީނާ ކައިފްގެ ފިލްމެއް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން 3 އަހަރުގެ ތެރޭގައި ކްޓްރީނާގެ 6 ފިލްމެއް ރިލީޒްކޮށްފައިވެއެވެ.

ކެޓްރީނާގެ ފިލްމެއް ރިލީޒްނުވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވިނަމަވެސް، އޭނާގެ އަތުގައި ކުރިއަށް ބިޔަ 3 ޕްރޮޖެކްޓެއްގެ މަސައްކަތް އެބައޮތެވެ. އެއީ އަކްޝޭ ކުމާރް، އަޖޭ ދޭވްގަން އަދި ރަންވީރު ސިންހް އާއެކު ފެނިގެންދާ ފިލްމް "ސޫރްޔަވަންސީ" އާއި، ކޮމެޑީ ފިލްމް "ފޯން ބޫތް" އަދި ސަލްމާން ހާން އާއެކު ފެނިގެންދިޔަ ފްރެންޗައިޒް ފިލްމް "ޓައިގާ" ގެ ތިން ވަނަ ބައިގެ މަސައްކަތެވެ.

މީގެ ތެރެއިން "ސޫރްޔަވަންސީ"ގެ ޓްރެއިލާވެސް ނެރެ ފިލްމް އަޅުވަން މި އަހަރު ތާވަލް ކުރި ނަމަވެސް، ފިލްމް ނޭޅުވި ލަސްވަނީ ސިނަމާ ހޯލުތައް ދޫނުކޮށްގެންނެވެ. އަދި ލޮކްޑައުން އާއި ގުޅިގެން މުމްބާއިގައި "ޓައިގާ"ގެ ތިން ވަނަ ބައިގެ ޝޫޓިން ކުރިއަށް ނުގެންދެވި އެތައް މަސްތަކެއް ފާއިތުވުމުން، މި ހާރު ވަނީ ފިލްމްގެ ސެޓްވެސް ރޫޅާލައިފައި ކަމަށް ރިޕޯޓުކޮށްފައެވެ.

އިންޑިއާގައި ކޮވިޑް ގެ ހާލަތު ވަރަށް ގޯސްއިރު، އާދައިގެ ދިރިއުޅުމަކަށް އެގައުމުގެ މީހުންނަށް ދެވޭނެ ދުވަހެއްވެސް ބުނަން ނޭނގެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ