މީގެ ކުޑަދުވަސްކޮޅެއް ކުރިން ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ވަނީ ފޮޓޯ ޝޫޓަކަށް ރާއްޖެއައިސްފައެވެ. ސޮނޭވާ ފުށި ރިސޯޓުގައި ހަފްތާއެއްހާ ދުވަހު ކެޓްރީނާ ޗުއްޓީ ހޭދަކުރިއިރު، އޭނަގެ މަސައްކަތުގެ އަޕްޑޭޓުތައް އައީ އިންސްޓަގްރަމްގައި ފޭނުންނާއި ހިއްސާކުރަމުންނެވެ. އެގޮތުން މި ފޮޓޯ ޝޫޓުގައި ހަރަކާތްތެރިވި އޭނަގެ ޓީމާއެކު ނަގާފައިވާ ފޮޓޯއެއް ކެޓްރީނާ މިވަނީ ފޭނުންނަށް ދައްކާލައިފައެވެ.
ކެޓްރީނާ އިންސްޓަގްރަމްގައި ހިއްސާކުރި ޕޯސްޓުގައި އޭނާ މަސައްކަތް ކުރި ޓީމާއެކު ނަގާފައިވާ ސެލްފީއެއް ވަނީ ހިމަނާފައެވެ. އަދި އޭނަގެ ކުޅަދާނަ ޓީމާއެކު ރާއްޖޭގައި ފަސްދުވަސް ހޭދަކުރި ކަމަށް ކެޕްޝަންގައި ލިޔެފައިވެއެވެ.
ރާއްޖޭގައި ހޭދަކުރި މި ދުވަސްތަކުގައި ކެޓްރީނާގެ މި ފޮޓޯ ޝޫޓުގެ މަންޒަރެއްވެސް ފޭނުންނަށް ދައްކާލާފައިވާއިރު، މި މަސައްކަތުގައި އޭނާއާއެކުއޭނަގެ ގާތް ރަހުމަތްތެރިޔާ އަދި މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރް އާއި ސެލެބްރިޓީ ހޭއާ ސްޓައިލިސްޓް ގެބްރިއަލް ޖަވްރްޖީއޯ ވަނީ ބައިވެރިވެފައެވެ.

ބަތަލާ ކެޓްރީނާގެ ބޮލީވުޑް ޕރޮޖެކްޓް ތަކުގެ ތެރެއިން މިހާރު ކުރަމުން އަންނަނީ ކުރިއަށް އޮތް ފިލްމް "ފޯން ބޫތް"ގެ މަސައްކަތެވެ.



