ޖާބިރު އަތުން ގާސިމް ނެގި 6 މިލިއަން ރުފިޔާ ހޯދަން ކޯޓަށް!

ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާޙީމް ޤާސިމް، އަނބުރާ ދެއްވާނެކަމަށް ވިދާޅުވެ ނެންގެވި ފައިސާ މުދެއްކުމުން، އެފައިސާ ހޯދުމަށް ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

ޖާބިރު ހުށައެޅުއްވި މައްސަލައިގައި ވަނީ ޖާބިރުގެ އަތުން ނެގި އެއް މިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން، ފަސްދޮޅަސް ފަސްހާސް އެމެރިކާ ޑޮލަރު ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.

އަދި އެ ފައިސާއިން އެނާއަށް ލިބެންޖެހޭ އެއްމިލިޔަން ދެހާސް ތިންސަތޭކަ ދިވެހިރުފިޔާ އާއި، ޅ. ހިންނަވަރު ނޫރާނީގެ އިބްރާހީމް މުޙައްމަދު ޞާލިޙް މެދުވެރިކޮށް، ދަޢުވާކުރާ ފަރާތުގެ އަތުން (އަނބުރާ އަދާކުރާ ގޮތަށް) ދަޢުވާލިބޭ ފަރާތް ނަގާފައިވާ ފަސްމިލިޔަން ދިވެހިރުފިޔާގެ ތެރެއިން އެއްވެސް މިންވަރެއް މިއަދާއި ހަމައަށްވެސް ނުލިބިވާތީ، އެ ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ހުށައެޅުއްވިއެވެ.

އަދި މި ދައުވާގައި އިތުރަށް ބުނެފައިވަނީ، މި ދައުވާ އަކީ، ޖާބިރަށް ލިބެންޖެހޭ ޖުމްލަ ހަމިލިޔަން ދެހާސް ތިންސަތޭކަ ރުފިޔާ ޤާސިމްގެ ފަރާތުން އެއްފަހަރާ ހޯއްދަވައި ދެއްވުން އެދި ކުރާ ދަޢުވާއެއް ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ