ދައުލަތުގެ ބަޖެޓުން 16.8 މިިލިއަން ރުފިޔާ ހަރަދުކޮށްގެން މާލެ ސިޓީ ކައުންސިލުން ލޮނުޒިޔާރަތް ކޮޅުގައި ހަދާފައިވާ ތިން އޭކަރުގެ "ލޮނުޒިޔާރަތް ޕާކު" ހުޅުވިފައި ހުއްނާނެ ގަޑިތައް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ.
ލޮނުޒިޔާރަތް ޕާކު ހުޅުވިފައި ހުއްނާނެ ގަޑިތަކާއި އަދި އެ ޕާކުގައި އަމަލުކުރަންޖެހޭނެ ގައިޑުލައިން މިރޭ ކައުންސިލުން އިއުލާން ކޮށްފައިވާއިރު މި އިއުލާނުގައި ވާ ގޮތުން ޕާކު ހުޅުވިފައި ހުއްނާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން ރޭގަނޑު 9:30 އަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ހާއްސަ ގައިޑްލައިނެއް ޕާކުގައި އުޅޭއިރު އަމަލުކުރަން ޖެހޭއިރު މުޅި ޖުމްލަ 15 ނުގުތާއެއް މި ގައިޑުލައިންގައި ފާހަގަ ކޮށްފައި ވެއެވެ.
Lonuziyariy Park Opening/Closing hours, and Guidelines to follow. pic.twitter.com/HqLucjHuMJ
— Male' City Council (@MaleCitymv) November 11, 2020
ގައިޑުލައިން
1. ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް، އުޅެންވާނީ ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކް އަޅައިގެން.
2. ޕާކަށް ޒިޔާރަތް ކުރާ އެންމެހައި ފަރާތްތަކުން، ޕާކުތެރޭގައި އުޅޭއިރު، އެކަކު އަނެކަކާ ދެމެދު 3 ފޫޓު ދުރުމިން (އިޖްތިމާޢީ
ގައިދުރުކަން) އަބަދުވެސް ބަހައްޓަވަންވާނެ!
3. ހުން އައިސް، ކެއްސައި، ކިނބިހި އެޅުމުގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ، ޕާކަށް ޒިޔާރާތް ނުކުރުން އެދެން.
4. ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް، ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކޮށްގެން އަތް
ސާފުކުރުން އެދެން.
5. ޕާކުތެރޭގައި ކުނިއަޅަންވާނީ އެކަމަށް ޚާއްޞަކޮށް ބަހައްޓާފައި ހުރި، ކުނިއަޅާ ވަށިގަނޑުތަކަށް!
6. ފެން އެޅުމަށްޓަކައި، ފެން އަޅާ ފުޅި އަމިއްލައަށް ގެނައުން އެދެން.
7. ޕާކު ތެރެއަށް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވައްދައި ކައިބޮއި ހެދުމަކީ މަނާކަމެއް.
8. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ޕާކު ތެރޭގައި ބޭނުން ކުރުމަކީ
9. ޕާކު ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެއް.
10. ތޫނުތަކެތި ނުވަތަ އެއްވެސް ބާވަތެއްގެ ހަތިޔާރެއް ޕާކު ތެރެއަށް ވެއްދުމަކީ މަނާކަމެއް.
11. ޕާކަށް ވަނުމުގެ ކުރިން އަދި ޕާކުން ނުކުތުމުގެ ކުރިން އަތްދަބަސް ޗެކް ކުރެވޭނެ.
12. ޕާކު ތެރޭގައި އުޅޭ ހުރިހާ ވަގުތެއްގައިވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން އެދެން.
13. އެއްވެސް މީހެއްގެ ނުރުހުމުގައި ހަނގާކޮށް، މައްލަވަކޮށް ފޮށި އެހެންމީހެއްގެ ގައިގައި އަތްލާ ހަދައިގެން ނުވާނެ.
14. ޕާކުގައި ހުންނަ ގަސްގަހާގެއްސަށް ގެއްލުން ދިނުމަކީ މަނާކަމެއް.
15. ޕާކުތެރޭގައި ހުރި ޢިމާރާތަކަށް، ގަހަކަށް، ނުވަތަ އެއްޗަކަށް ގެއްލުމެއް ދީފިނަމަ އެކަމަށް ފިޔަވަޅު އެޅޭނެ.
މިއަދު ހުޅުވި ލޮނުޒިޔާރަތް ޕާކަކީ މިދިޔަ އަހަރު ތަރައްގީ ކުރުމަށް ފަށައިފައިވާ ޕާކެކެވެ. ބާގީޗާއެއްގެ ތީމަށް ތައްޔާރުކޮށްފައިވާ މި ޕާކުގައި އެކި ބާވަތްތަކުގެ ގަސްގަހާގެހި އިންދާފައިވެއެވެ. އަދި ފާހަނާ ބަރިއެއްގެ އިތުރުން ޑިސޭބަލް ކުދިންނަށްވެސް ފަސޭހައިން ފުރުޅުލީ ގޮންޑީގަވެސް އުޅެވޭގޮތަށް ވޯކްވޭތައްވެސް ވަނީ މި ޕާކުގައި ތައްޔާރުކޮށްފައެވެ.



