ސަލްޓަންޕާކާއި ލޮނުޒިޔާރަތް ޕާކު ހުޅުވާފައިހުންނަ ގަޑިތަކާއި ދުވަސްތައް ބަދަލުކޮށްފައިވާއިރު ކޮންމެ އާދިއްތައެއްގައި މި ދެ ޕާކުވެސް ބަނދުވާނެކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، މިއަދުން ފެށިގެން ސަލްޓަންޕާކު އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައި ހުންނަ ދުވަސްތަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.
އެގޮތުން މި ދެޕާރކު ހުޅުވާފައިހުންނާނީ ހޯމަދުވަހުން ފެށިގެން ހޮނިހިރު ދުވަހާހަމައަށް ކޮންމެ ދުވަހެއްގެ ފަތިހު 4:30 ން ހެދުނު 9:30 އަދި ހަވީރު 4:30 ން ރޭގަނޑު 9:30 އަށްކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
މީގެއިތުރުން މާލެ ސިޓީ ކައުންސިލުން ނެރިފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ޕާކުތައް ކޮންމެ އާދީއްތަ ދުވަހުގެ ހެދުނު 8:00 ފެށިގެން އެދުވަހުގެރޭ ފަތިހު 4:30 އަށް ބަންދު ކުރަން ނިންމާފައިވަނީ، ގަސްހަގާގެއްސައް ބޭސް ޖެހުމާއި ،ކާނާ ދިނުމަށާއި އަދި ޕާކުތަކުގައި ކުރަންޖެހޭ އެހެނިހެން މަރާމާތު ކުރުމާ ،ތަންސާފުކުރުމުގެ މަސައްކަތް ކުރުމަށްކަމަށެވެ.
ކޮވިޑާއި ގުޅިގެން ބަންދުކޮއްފައި އޮތުމަށްފަހު ސަލްޓާން ޕާކު ހުޅުވާފައިވަނީ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އަދި ލޮނުޒިޔާރަތް ޕާކު ހުޅުވާފައިވަނީ ނޮވެމްބަރު 11 ގައެވެ.




