ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި

ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަންގައި ތ. ތިމަރަފުށިން ރޭ ވަނީ އިތުރު މީހަކު ހައްޔަރުކޮށްފަ ކަމަށާއި އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ، މި އޮޕަރޭޝަނުގައި ފުލުހުން ހަރަކާތްތެރިވަމުންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި އަދި ތ. ތިމަރަފުށީގައިކަމަށެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް މާލެ އިން މީހަކު ހައްޔަރުކޮށްފައިވާއިރު، ކަނޑުމަތީ އޮތް ދޯންޏަކުން 3 މީހަކާއި އަދި ތިމަރަފުށިން 2 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ