ފޮޓޯ: ޕޮލިސް މީޑިއާ

ރޭ ޕާކިން ޒޯން ކައިރިން ފެނުނީ ނުރައްކާތެރި އެއްޗެއް ނޫން: ފުލުހުން

ރޭ އެމްޑަބްލިއުއެސްސީ ކައިރީ އޮންނަ ޕާކިން ޒޯން ކައިރިން ފެނުނީ ނުރައްކާތެރި އެއްޗެއް ނޫން ކަމުގައި ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، އެމްޑަބްލިއުއެސްސީ ކައިރީ އޮންނަ ޕާކިން ޒޯން ގައި ރޭ ހަރަކާތްތެރިވެފައިވަނީ ގޮތް ނޭނގޭ އެއްޗެއް އޮތް ކަމުގުގެ މައުލޫމާތު ލިބިގެން ކަމަށާއި އެއީ ނުރައްކާތެރި އެއްޗެއް ނޫންކަން މިހާރު ވަނީ ކަށަވަރުވެފައި ކަމަށެވެ.

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލަކާއި ގުޅޭގޮތުން ފުލުހުންގެ އިންޓަލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އެއަމަލު ހުއްޓުވާ، ބަޔަކު އިއްޔެ ހައްޔަރުވެސް ކޮށްފައިވެއެވެ.

ޓެރަރިޒަމް މި އަމަލާއި ގުޅިގެން މިއަދު އިތުރު މީހަކު ހައްޔަރުކޮށްފައިވާއިރު، މިހާތަނަށް ޖުމުލަ 6 މީހަކު ހައްޔަރުކޮށްފައިވެއެވެ. މިއަދު ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. މީގެ ކުރިން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ