އިއްޔެ އެކަނިވެސް 6 ލައްކައަށް ވުރެގިނަ މީހުންނަށް ކޮވިޑް ޖެހުނު!

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.

މިގޮތުން އިއްޔެ އެކަނިވެސް ބައި މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ކޮވިޑްގެ އެންމެފަހުގެ މައުލޫމާތުތަކަށްބަލާއިރު، އިއްޔެ 613,839 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 10,185 މީހުންނެވެ.

މުޅި ދުނިޔެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 52 މިލިއަނަށް އަރާފައިވާއިރު މިހާތަނަށް 52,422,158 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މުޅި ދުނިޔެއިން 36,668,563 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 1,288,900 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަހަށް ޕޮސިޓިވްވެ އަދި މީހުން މަރުވެފައި ވަނީ އެމެރިކާއިންނެވެ. އެޤައުމުން މިހާތަނަށް ޖުމްލަ 10,708,728 މީހަކު ބައްޔަށް ޕޮސިޓިވްވެފައިވާއިރު، 247,398 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ދެވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ޕޮސިޓިވް ވެފައިވަނީ އަވައްޓެރި އިންޑިޔާ އިންނެވެ. އެޤައުމުން މިހާތަނަށް 8,684,039 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 128,165 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ ބައްޔަށް ޕޮސިޓިވް ވެފައިވަނީ ބްރެޒިލްއިންނެވެ. އެޤައުމުން މިހާތަނަށް 5,749,007 މީހަކު މި ބައްޔަށް ވަނީ ޕޮސިޓިވްވެފައެވެ. އަދި 163،406 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ