މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް އެލާޓް ނެރެފި!

މޫސުން ގޯސްވެ ބޮޑު ސަރަހައްދަކަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރިފައިވަނީ ކ. އަތޮޅުން ލ. އަތޮޅާހަމައަށެވެ.

މެޓް އޮފީހުން ނެރެފައިވާ މި އެލާޓްގައި ވިދާޅުވެފައި ވަނީ މިއަދު ހަވީރު 17:40 އިން މިރޭ 22:30 އަށް ކ. އަތޮޅުން ފެށިގެން ލ. އަތޮޅާހަމައަށް ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ދުވަސް ކޮޅު އަންނަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ބޯކޮށް ވާރޭވެހެމުންނެވެ. އެހެން ކަމުން މެޓް އިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާ ބެހޭ އެލާޓްތައް ދަނީ ނެރެމުންނެވެ.

މުޅި ރާއްޖޭގެ މޫސުން ލަފާކޮށް މެޓުން ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

"ވައިޖެހޭނީ އާންމުގޮތެއްގައި މަޑުން އުތުރާއި އިރުއުތުރުން، ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައިޖެހޭނެކަމަށް ލަފާކޮށް މެޓުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ. 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ