ހޯރަފުށި އެއާޕޯޓް

މި މަހު 16 ވަނަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަނީ

މި ހިނގާ ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސެމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ މި މަހުގެ 16 ވަނަ ދުވަހު ހޯރަފުށީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށާއި އެ އެއަރޕޯޓް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ނިންމާފައިި ވާކަމަށެވެ.

އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށާއި ޓެސްޓު ފްލައިޓް ޖެއްސުމަށްފަހު މައްސަލައެއް ނޫޅޭނަމަ ހޯރަފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީ އެއާޕޯޓަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެއްޓެވި މަސައްކަތެކެވެ. މި މަސްރޫއަކީ ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގަންފެށި މަސްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން، 37،425 އަކަމީޓަރުގެ ރަންވޭއެއް އަޅައި، 8،635 މީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އެޅައި، ޓަރމިނަލްގެ ކުރިމަތީ ސަރވިސް ރޯޑު ޤާއިމުކުރުމާއި، ޕަސެންޖަރ ޓަރމިނަލްއަކާއި ފަޔަރ ބިލްޑިންގ އިމާރާތް ކޮށްފައި ވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ