އަންނަ އަހަރު ކުޅޭގޮތަށް ހަމަޖެހިފައިވާ ޔޫރޯ 2020 މުބާރާތުގައި ކުޅޭނެ 24 ޤައުމު ޔަގީންވެ، ގްރޫޕްތައް ފައިނަލް ވެއްޖެއެވެ.
އަންނަ އަހަރުގެ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވެފައިވާ 24 ޓީމު ގްރޫޕްތަކަށް ބެހިފައިވާ ގޮތް ތިރީގައި އެވަނީއެވެ.
ގްރޫޕް އޭ : ތުރުކީ، އިޓަލީ، ވޭލްސް، ސްވިޒަލޭންޑް
ގްރޫޕް ބީ: ބެލްޖިއަމް، ޑެންމާކް، ފިންލެންޑް، ރަޝިޔާ
ގްރޫޕް ސީ: އޮސްޓްރިއާ، ނެތަލޭންޑްސް، ނޯތު މެސެޑޯނިއާ، ޔޫކުރެއިން
ގްރޫޕް ޑީ: ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އިންގްލެންޑް، ސްކޮޓްލެންޑް
ގްރޫޕް އީ: ޕޮލެންޑް، ސްޕެއިން، ސްވިޑަން، ސްލޮވާކިއާ
ގްރޫޕް އެފް: ފްރާންސް، ޖާމަނީ، ޕޯޗުގަލް، ހަންގޭރީ

ޔޫރޯއަކީ ޔޫރަޕްގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަންއަކީ ޕޯޗުގަލްއެވެ.
ޔޫރޯ 2020 ކުޅެން ހަމަޖެހިފައި އޮތީ މިއަހަރުގެ ޖޫން 12 އިން ޖުލައި 12 އަށެވެ. އެހެންނަމަވެސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން މިމުބާރާތްވަނީ 2021 ވަނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށް ކުޅޭގޮތަށް ފަސްކޮށްފައެވެ.




