ޔޫއެފާ ސުޕަރކަޕަށް ސަޕޯޓަރުން ވައްދާނެކަމުގެ ޔަޤީންކަށް ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަން (ޔޫއެފާ) އިން ދީފިއެވެ.
ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބައްދަލުކުރާނީ ޗެމްޕިއަންސް ލީގު ޗެމްޕިއަން ބަޔާން މިއުނިކާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަން ސެވިއްޔާއެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރެޔެވެ.
އެމެޗަށް ސަޕޯޓަރުން ވައްދަން ނިންމާފައިވާން ޔޫއެފާއިން ހާމަކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އަދި އެމެޗަށް ސްޓޭޑިއަމްގެ 30 ޕަސެންޓް ސަޕޯޓަރުން ވައްދާނެކަމަށް ޔޫއެފާއިންވަނީ ބުނެފައެވެ.
?️ The 2020 UEFA Super Cup will be played in Budapest in front of spectators - up to 30% of the capacity of the stadium.
The decision was approved by the #UEFAExCo today.
Full announcement: ?
— UEFA (@UEFA) August 25, 2020
އެމެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްއަށް ޖުމްލަ ވަދެވޭނީ 67،215 މީހުންނަށެވެ. އެހެންކަމުން ފޯރިގަދަ އެމެޗު ބަލަން 20،164 މީހުންނަށް ވަދެވޭނެއެވެ.
މިމެޗު އެންމެ ފުރަތަމަ ކުޅެން ހަމަޖެހިފައިވާ އޮތީ ޕޯޗުގަލްގެ ޕޯޓޯގަައެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޔޫއެފާ ޗެމްޕިއަންސް ލީގު ޕޯޗުގަލްއަށް ބަދަލުކޮށް މިމެޗުވަނީ ހަންގޭރީގެ ބުޑަޕެސްޓަށް ބަދަލުކޮށްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ފުޓްބޯޅަ މެދުކަނޑާލާފައިވަނީ މިއަހަރުގެ މާރޗްމަހުގައެވެ. އަދި އެއަށްފަހު މޭއި ޖޫން ގައި އަލުން ޔޫރަޕުގެ ވަރުގަދަ ފުޓްބޯޅަ ސީޒަންތައް ފެއްޓުމަށްފަހު، ނިންމާލާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.
ބަޔާން މިއުނިކުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވަނީ ފައިނަލް މެޗުގައި ފްރާންސްގެ ޕީއެސްޖީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސެވިއްޔާ ޔޫރޮޕާ ލީގު ކާމިޔާބުކުރީ އިންޓަރ މިލާން ބަލިކޮށްފައެވެ. ފައިނަލް މެޗުގައި އިންޓަރމިލާންގެ މައްޗަށް ސެވިއްޔާއިން ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.



