މިރޭ ހަވާ އަރުވަނީ އިދިކޮޅުގެ ކާމިޔާބީ ފާހަގަކުރަން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް އަދި ޕީއެންސީގެ ސްޓީރިން ކޮމެޓީ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ މާލޭގައި ހަވާ އެރުވުން އޮންނާނެ ކަމަށާއި އަދި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިރޭ ހަވާ އަރުވަނީ އެމްއެންޑީއެފް އިންނެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގައި ކަމަށާއި ހަވާ އަރުވާނީ އިއްޒުއްދީން ފާލަމާ ދިމާ ބޭރު ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި މި ހަރަކާތަކީ ވިޔަފާރި އުޞޫލުން އަމިއްލަ ފަރާތަކަށް، ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިން ކުރިޔަށް ގެންދާ އިވެންޓެކެވެ.
ހަވާއެރުވުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 މިނެޓް އަށެވެ.




