ޝުޖާޢު ހުޅުމާލޭގެ މަސްވެރިންނާއި ބައްދަލު ކޮށްފި

މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާޙިމް ޝުޖާޢު ހުޅުމާލޭގެ މަސްވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ޝުޖާޢު ވިދާޅުވީ ހުޅުމާލޭގެ މަސްވެރިންނާއި ބައްދަލު ކުރެއްވީ ހުޅުމާލެ މަސްވެރިންނަށް ވީ ވަޢުދުތައް ފުއްދުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށެވެ.

އެގޮތުން ޝުޖާއު މިއަދު މަސްވެރިންނާ ބައްދަލުކޮށްފައިވާއިރު، މަސްވެރިން އެދުނު ކަންކަން ލިޔެވި ތަރުތީބު ކުރެވިފައިވާ ގޮތައް ތަންފީޒު ކުރެވޭތޯ މަސްކަތްކޮށް ދޭނެ ކަމުގެ ޔަޤީންކަން ހުރިހާ މަސްވެރިންނަށް އޭނާ ވަނީ އަރުވާފައެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ މަސްވެރިންގެ އުޅަނދުތައް އެހެލައި މަރާމާތު ކުރެވޭނެ ވަގުތީ ހައްލަކާއި، ހުޅުމާލެ މަސްވެރިންނަށް މަސްމާރުކޭޓެއްގެ އިތުރުން ސެކުރިޓީ ބެލެހެއްޓޭނެ ގޮތެއް ހޯދުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި އެދޭނެކަމަށެވެ. 

ޝުޖާއު ވިދާޅުވީ މަސްވެރިން އެދުނު ކަންކަން ހައްލުވަންދެން މަސްވެރިންނާއި އެކުގައި އޭނާ ހުންނާނެކަމަށެވެ.

ހުޅުމާލެ ދާއިރާއަށް ޝުޖާޢު އިންތިޚާބު ވުމަށްފަހު އޭނާ އަންނަނީ ހުޅުމާލެއަށް ދިމާވެފައިވާ އެކިއެކި މައްސަލަތައް ޙައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ