ފޮޓޯ: ޕީޕީއެމް މީޑިއާ

ވެރިކަން ހިނގަނީ ބޭނުންވާގޮތަކަށް ނޫނޭ ބުނަނީ ރައްޔިތުންނަށް އޮޅުވާލަން: ޝުޖާއު

މިއީ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއް ކަމަށާއި ވެރިކަން ހިނގަނީ ބޭނުންވާގޮތަކަށް ނޫންކަމަށް ބުނަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްއާއެކު ދެން ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށް ރައްޔިތުން ޖަމިލީހުގެ ރައީސް އަދި އެމްޑީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާލުވުމާއި ގުޅިގެންނެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ޔާމިން އާއި ޕީޕީއެމްއިން މެދުމިނުގެ ދީނީ ސިޔާސަތައް ތާއީދު ކުރާނަމަ އެމަނިކުފާނު އެބޭފުޅުންގެ އެހީއަށް އެދޭނެކަމަށެވެ.

މިކަމާއި ގުޅިގެން ޝޫޖާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އެމްޑީޕީގެ ވެރިކަމެއް ކަމަށާއި ވެރިކަން ހިނގަނީ ބޭނުންވާގޮތައް ނޫން ކަމަށް ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ. އަދި ރައީސް ނަޝީދު މިވެރިކަމާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ގަބޫލުކުރާނީ މި ވެރިކަމަށް ކުރައްވާ ތާއީދު އަނބުރާ ގެންދިއުމުން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިފަހަރު ތިހެން މޮޅު ގޭމު ކުޅެން ފުރުސަތެއް ނެތް. ބޯދަމައިގަންނަން ތިހެންނޫޅުއްވާ. ވެރިކަމަށް އާދެވޭ ކޮންމެ ފަހަރަކު ޤައުމަށް ގައްދާރުވާ ބައެއްގެ ގޮތުގައި ރައްޔިތުން މިއަދު ގަބޫލްކުރޭ." ޝުޖާއު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ