ނ. މާފަރުގައި ޖަނަވާރާއި ގަސްގާހާގެހި ކަރަންޓީން ކުރާނެ މަރުކަޒެއް ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، އަންނަ އަހަރަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައެވެ. އަންނަ އަހަރު މާފަރުގައި ދެމަޝްރޫއެއް އަލަށް ފަށަން ނިންމާފައި ވެއެވެ.
އެގޮތުން އެ ދެ މަޝްރޫއަކީ، ޖަނަވަރާއި ގަސްގަހާގެހި ކަރަންޓީން ކުރާނެ ފެސިލިޓީއެއް ގާއިމް ކުރުމާއި ހެލްތު ސެންޓަރު ބޮޑުކުރުމުގެ މަޝްރޫއެވެ.
މި ކަރަންޓީނު ފެސިލިޓީ އަކީ މާފަރު ބަނދަރަށް ގެންނަ ޖަނަވަރާއި ގަސްގަހާއިގެހި ކަރަންޓީން ކުރަން ގާއިމްކުރާ ކަރަންޓީން ފެސިލިޓީއެކެވެ.
އަންނަ އަހަރު މާފަރުގައި 50.03 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ވަނީ ބަޖެޓް ކުރެވިފައެވެ. އެއީ ސިއްހީ މަރުކަޒު ބޮޑުކުރަން 455،000 ރުފިޔާ، ފުޓްބޯޅަދަނޑު ތަރައްގީކުރަން ކުރަން 1.5 މިލިއަން ރުފިޔާ، އައުޓްޑޯ ޖިމް ގާއިމްކުރަން 75،000 ރުފިޔާ، އެއާޕޯޓް އެކްސްޓެންޝަން އަށް 50 މިލިއަން ރުފިޔާއެވެ. އަދި މާފަރުގައި ފެނާއި ނަރުދަމާގެ މަޝްރޫއެއް ހިންގަން ވެސް ބަޖެޓް ކުރެވިފައިވެއެވެ.




