މޫސުން ގޯސްވެ، އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ދެންމެ ނެރުނު ވައިޓު އެލާޓުގައި ބުނެފައިވަނީ ހދ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 13:00 އިން ފެށިގެން ހަވީރު 17:00 ޖެހުމާއި ހަމައަށެވެ.
Heavy rain and thunderstorms expected. pic.twitter.com/3yIWuhNzFJ
— Maldives Meteorology (@MetMaldives) November 14, 2020
މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުުރާނެ ކަމަށާއި އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ބުންޏެވެ.
އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓްއޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.



