މަސްތުވާތަކެއްޗާއެކު ހދ.ކުރިނބީން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންއާއި އިންޓެލް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ހދ. ކުރިނބީން މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިއަދު މެނދުރުފަހު 02:25 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
"މަސްތުވާތަކެތި ފެނިފައިވަނީ އެރަށަށް ދިޔަ ފެރީއަކުން ގެންދިޔަ ފޮށިގަނޑަކާއި ހަވާލުވުމުން، ހުއްޓުވައި ފޮށިގަނޑުބަލައި ފާސްކުރިއިރު" ފުލުހުން ވިދާޅުވިއެވެ.
މިހާރު މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.




2 Responses
ey marunuvaa fenfulhieh faaroshi kundi
Ey alhugandu dhaaimee bahyakah kaa beyheh! Alhugandah balai dhaan nukerigen futhu fonuvee…Ea soruves ea beys hama kanee. Ey nulibeyyaa nuves nidhey. Foshigandugai othy Zamzam fenfulhiyakaai, beys packeteh!