މާލޭގައި ޓެކްސީ ދުއްވަމުން އަންނަ ހަމަ އެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުންދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާއި ގުޅިގެން ނޮވެމްބަރ 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި އަދި ނޮވެމްބަރ 13 ވަނަ ދުވަހުގެ ރޭ 29 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
26 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށާއި އަދި ނޮވެމްބަރ 12 ވަނަ ދުވަހު، ދެވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުންވެސް 5 ދުވަހުގެ މުއްދަތުދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި 28 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާތަނެއްގައި ބަނދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ކާރަށް ގެއްލުންދިނުމާއި ގުޅިގެން އައިންތު ބުނެފައިވަނީ މިހެން މިކަން ވުމުގެ ސަބަބުން އޭނާއަށް މިވަނީ ބޮޑެތި ގެއްލުން ވެ ކާންބޯން ކުރާ މަސަތްކަތް ހުއްޓިފައި ކަމަށާއި މިކަމުގަ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ އެހީތެރިކަމާ އާއްމުރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
އައިންތު ޓެކްސީ ކުރަން ފެށިފަހުން 5 ފަހަރު ކާރުގެ ބިއްލޫރި ތަޅާލިއިވަނީ ގެއްލުން ދީފައެވެ.




