އީދު ހަދިޔާއަކަށް ސޮއްޕެގެ އާ ލަވަ އަލްބަމެއް!

ދިވެހިންގެ ތެރޭގައި ރެޕް ލަވަތައް ކިޔުމުގައި މަގުބޫލުކަން ހޯދާފައިވާ ސޮފްވާން ޢަލީ (ސޮއްޕެ)ގެ އާ އަލްބަމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ލަވަފޮށި އެޕްލިކޭޝަނަށް ދޫކޮށްލާ ސޮއްޕެގެ އަމިއްލަ ނަމުގައި، ކުރިއަށް އޮތް ފިތުރު އީދުގައި ނެރޭ މި އަލްބަމުގައި 11 ލަވަ ހިމެނެއެވެ.

ރީތި ލަވަތަކެއް މީގެ ކުރިންވެސް ގެނެސްދީފައިވާ ސޮއްޕެގެ މި އަލްބަމްގެ ހުރިހާ ލަވަތަކެއް ލިޔެފައި ވަނީ ސޮއްޕެއެވެ. މި ލަވަތަކުގެ ރެކޯޑިންގ ހަދާފައި ވަނީ ރާއްޖެ އާއި ސްރީލަންކާގައެވެ.

ސޮއްޕެ ބުނީ، މިހާރު މި ލަވަ އަލްބަމް ނެރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، މިސްޓީ އާއި ޝަގްޒާދު މިއުޒިކް އަދި ރެކޯޑިންގ ތައްޔާާރުކޮށްފައި މި ލަވައަލްބަމްގައި ސޮއްޕެ އިތުރުން، އަންދަލާގެ އަޑުވެސް އިވިގެންދާނެއެވެ.

"ވަރަށް ނުރައްކާ" އަދި "ޤާޠިލް" އަކީ ސޮއްޕެގެ އެންމެ ފަހުގެ ލަތަކެވެ. މީގެ އިތުރުން "އެޅި މި ކަނޑުމަތި" "ބުނެލާ ލޯބިވޭ" މިއީ ދިވެހިންގެ ޕްލޭލިސްޓުތަކުން ޖާގަ ހޯދާފައިވާ ސޮއްޕެގެ ލަވަތަކެވެ.

ސޮއްޕެގެ ފުރަތަމަ ލަވަ އަލްބަމްގެ ވާހަކަތައް މީގެ އަށް އަހަރު ކުރިން ވޮއިސް އޮފް މޯލްޑިވްސް 2011 ގައި ދެއްކިއެވެ. އެ ޝޯވގައި އެ އަލްބަމްގެ ހިމެނޭ "ހިތްކުދިކުދި" ލަވަ ކިޔާދިންއިރު، މިއަދު އެ ލަވައަކީ ސޮއްޕެގެ ލަވަތަކުގެ ތެރެއިން ދިވެހިންނަށް އެންމެ ކަމުދާ އެއް ލަވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ