ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އިން ގެނެސްދޭ ހެއްވާ މަޖާ ސިޓްކޮމް ސީރީޒް "ގިރިދާ" ގެ ޓްރެއިލާ ދައްކާލައިފިއެވެ.
ބެލުންތެރިން ހެއްވާލާފަދަ ފިލްމްތަކެއް ގެނެސްދީފައިވާ ޔޫސުފް ޝަފީއު(ޔޫއްޕެ) ޑައިރެކްޓްކޮށް އަދި ސްކްރީންޕެލޭ ވެސް ލިޔެފައިވާ މި ސީރީޒްގެ ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ ދާއިރާއަސް ޝައުގުވެރިވާ ރައްޓެހިންގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެކެވެ.
މި ސީރީޒްގެ ލީޑުން ފެނިގެންދަނީ ކުޅަދާނަ އެކްޓަރ އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ)، އަދި އަހުމަދު ޒިޔާގެ އިތުރުން ޢަލީ އުސާމް (ދޮނާ)އެވެ. މީގެ އިތުރުން އާ ކާސްޓުންވެސް މި ސީރީޒް އިން ފެނިގެންދާނެއެވެ.
މި ސީރީޒްގެ މަންޒަރުތައް ނަގައިފައިވަނީ މާލެ ސަރަހައްދުގައެވެ. އަދި "ގިރިދާ" ދައްކާނީ މީޑިއާނެޓުގެ މަލްޓި ސްކްރީން އެޕުންނެވެ.




3 Responses
ޕިސް ޕިސް ޕިސް މިހަމަ ލާފިންގ ގޭސް އެއް
ހާދަ މަަޖަލޭ..މަށައް ކުބެލޭނެ ތިއެއް ހީހީ ހަލާކު ވެއްޖެ. ތިހާ މަޖާ އެއްޗެހި ހަދަން ހެޔޮނުވާނެއެއްނު.
އެއްވެސް މަޖަލެއް ނޫން މަށަކަށް ތިޔެއް