ހެއްވާ މަޖާ ސީރީޒް "ގިރިދާ" މި މަހު 7 ގައި!

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން އިން ގެނެސްދޭ ހެއްވާ މަޖާ ސިޓްކޮމް ވެބް ސީރީޒް "ގިރިދާ" މި މަހު 7 ގައި ޕްރީމިއާ ކުރަން ނިންމައިފިއެވެ.

ބެލުންތެރިން ހެއްވާލާފަދަ ފިލްމްތަކެއް ގެނެސްދީފައިވާ ޔޫސުފް ޝަފީއު(ޔޫއްޕެ) ޑައިރެކްޓްކޮށް އަދި ސްކްރީންޕެލޭ ވެސް ލިޔެފައިވާ މި ސީރީޒްގެ ޓްރެއިލާއެއްވެސް މިހާރު ދައްކާލައިފައިވާއިރު، ޓްރެއިލާއިން ފެނިގެންދަނީ ފިލްމީ ދާއިރާއަށް ޝައުގުވެރިވާ ރައްޓެހިންގެ މެދުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެކެވެ.

މި ސީރީޒްގެ ލީޑުން ފެނިގެންދަނީ ކުޅަދާނަ އެކްޓަރ އިބްރާހީމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ)، އަދި އަހުމަދު ޒިޔާގެ އިތުރުން ޢަލީ އުސާމް (ދޮނާ)އެވެ. މީގެ އިތުރުން އާ ކާސްޓުންވެސް މި ސީރީޒް އިން ފެނިގެންދާނެއެވެ.

ޔޫއްޕެ އެންޑް ޝައި ޕްރޮޑަކްޝަން އިން ހާމަކުރި ގޮތުގައި، މި ސީރީޒް މި މަހު 7 ގައި ޕްރީމިއާ ކުރާނީ މީޑިއާނެޓް މަލްޓި ސްކްރީންގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ